ނ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އަވަސް

22 ޖުލައި 2025 | އަންގާރަ | 9:38

ނ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

މި ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ނ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސްނީ މުބާރިކް އާއި މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހްމާން ސަބީހް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނ. އަތޮޅު ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަނީ 50 އެނދުގެ ހޮސްޕިޓަލެވެ. 780 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 187 މިލިއަން ރުފިޔާ އެވެ.

މައުޟޫޢުތަށް