މަގުތައް މަރާމާތު ކުރަން ދެ މިލިއަން ގާ ހޯދަނީ

އަވަސް

22 ޖުލައި 2025 | އަންގާރަ | 1:37

މާލޭގެ މަގުތައް މަރާމާތުކުރަން ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގަލާއި ކާނުގެ އިތުރުން ކާބްސްޓޯން ހޯދަން އިއުލާނުކޮށްފަ އެވެ.

މި މަސައްކަތާ ހަވާލުވާ ފަރާތުން ކައުންސިލުން ދައްކާ ތަނަކަށް މިތަކެތި ޑެލިވާކޮށްދޭން ޖެހެ އެވެ. ޑެލިވާ ކުރާއިރު އެއްވެސް ވަރެއްގެ ގެއްލުމެއް ހުރެގެން ނުވާނެ ކަމަށާއި ޑެލިވާ ކުރާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ފެންވަރު ރަނގަޅު ތަކެތި ނޫން ނަމަ ކައުންސިލުން އެތަކެތި ބަލައި ނުގަނެ އަނބުރާ ފޮނުވާލާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 4 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެ އެވެ.

މައުޟޫޢުތަށް