މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެ

އަވަސް

22 ޖުލައި 2025 | އަންގާރަ | 2:45

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއަހަރުގެ ޖުލައި 26 ގައި 60 އަހަރު ފުރޭތީ ވީހާވެސް ކުލަގަދަކޮށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ޖުލައި 26، 27 އަދި 28 ވަނަ ދުވަހުގެ ނިޔަލަށް މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މިނިސްޓްރީ އޮފް ދިވެހި ލަންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން މިއަދު ވަނީ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކަށްފަހު ސަރުކާރު އޮފީސްތައް ހުޅުވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް