މާލެއާއި ހުޅުމާލޭގައި ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ
އަވަސް
22 ޖުލައި 2025 | އަންގާރަ | 7:12
މާލެ އާއި ހުޅުމާލޭގައި ވަޤުފް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ވަނީ މާލޭގައި ބިނާކުރާ ވަޤުފް އިމާރާތް - ދާރުލް އަރްޤަމް އަދި ހުޅުމާލޭގައި ބިނާކުރާ ވަޤުފް އިމާރާތް - ދާރުލް ސަލާމް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ދާރުލް އަރްޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރުގެ 64 ނަންބަރު ކޮށީގަ އެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ވަޤުފް ޢިމާރާތް -- ދާރުލް ސަލާމް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ލޮޓް ނަންބަރު 11646 ގަ އެވެ. ދާރުލް ސަލާމް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މީގެ ކުރިންވެސް އިއުލާނުކުރި އެވެ. ވަޤުފް އިމާރާތް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 21 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެ އެވެ.