މޯލްޑިވިއަން އިން އުމްރާ ދަތުރުތައް ފަށައިފި

އަވަސް

22 ޖުލައި 2025 | އަންގާރަ | 8:11

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އުމްރާ ދަތުރުތައް ފަށައިފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މޯލްޑިވިއަންގެ ފުރަތަމަ ޑައިރެކްޓް އުމްރާ ދަތުރުތައް ފެށީ މިއަދު އެވެ. މޯލްޑިވިއަން އިން ބުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ޖުލައި މަހު އުމްރާއަށްދާ އުމްރާވެރިންނާއި ދަ ޓްރެވަލާ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދާ އުމްރާވެރިން އެ އެއާލައިނުން ދަތުރުކުރާނެ ކަމަށެވެ. އެ ގޮތުން މި ޖުލައި މަހު 750 އަށްވުރެ ގިނަ އުމްރާވެރިން މޯލްޑިވިއަންގައި އުމްރާއަށް ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ. ރާއްޖެއިން ފާއިތުވި ހައްޖުމަހު ހައްޖަށް ދިޔަ ހައްޖާޖީންގެ ސައުދީއަށް ދަތުރުކުރީ ސައުދިއާ އެއާލައިންގެ އިތުރުން މޯލްޑިވިއަންގަ އެވެ.

މައުޟޫޢުތަށް