ވިހަފަރުގައި އެއާޕޯޓެއް އަޅަނީ

އަވަސް

22 ޖުލައި 2025 | އަންގާރަ | 10:10

ނ. ވިހަފަރުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިރޭ ވިދާޅުވީ ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ނަމަވެސް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. "ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އަޅުގަނޑުމެންގެ ސިޔާސަތަކީ އެއާޕޯޓްތައް ގާއިމުކުރެވިގެން ދިއުން. އެހެންވީމާ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން މި ޖަލްސާގައި އިއުލާނުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓުގެ ފައިދާ އަތޮޅުގައި ހުރި ރަށްތަކަށާއި ރިސޯޓުތަކަށް ކުރާނެ ކަމަށެވެ. އެ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް