ވާވު ޝިޕްރެކް ފަރުން ނެއްޓި އޮޔާދަނީ
އަވަސް
23 ޖުލައި 2025 | ބުދަ | 9:37
ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައިވާ ވާވު ޝިޕްރެކް ފަރުން ނެއްޓި އޮޔާ ހިނގައްޖެ އެވެ.
ޓޫރިސްޓުންގެ އިތުރުން ދިވެހިންގެ މެދުގައިވެސް މަގުބޫލު މި ޝިޕްރެކް ފަރުން ނެއްޓިގެން އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ. އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށެވެ. އެހެންކަމުން ވ. އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. ރާއްޖެއަށް މިއަހަރުގެ ޖެނުއަރީމަހު ކުރި ވިއްސާރައިގައި މި ޝިޕްރެކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.