ކުޑަފަރީ ސިއްހީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަވަސް

23 ޖުލައި 2025 | ބުދަ | 2:10

ކ. ކުޑަފަރީ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ސައުދީ އެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ އަގަކީ 27.6 މިލިއަން ރުފިޔާ އެވެ. އަދި މި މަޝްރޫއު ހަވާލުކުރީ 360 ދުވަސް ތެރޭ ނިންމުމަށް ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ކުޑަފަރީ ރައްޔިތުންގެ ސިއްހީ ކަންކަމުގައި ތަހަންމަލުކުރަން ޖެހިފައިވާ ގިނަ މައްސަލަތަކަށް މި މަޝްރޫއު ނިމުމުން ހައްލު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް