ސައުދީ ސަފީރާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

އަވަސް

23 ޖުލައި 2025 | ބުދަ | 1:21

ސައޫދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިހުތިރާމުގެ ޒިޔާތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ސައުދީ ސަފީރު ވަނީ ދެ ގައުމުގެ ޒަމާންވީ، އުހުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގުވަޒަން ކުރައްވަނީ އިހުލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވެފަ އެވެ. ނައިބު ރައީސް ވަނީ ދެގައުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް