މޯދީ އިނގިރޭސިވިލާތަށް ވަޑައިގެންފި
އަވަސް
24 ޖުލައި 2025 | ބުރާސްފަތި | 9:35
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
މޯދީގެ މި ދަތުރުފުޅުގައި އިންޑިއާ-ޔޫކޭ ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި މޯދީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ބައްދަލުކުރައްވާނެ އެވެ. މި ދަތުރުފުޅާ ގުޅޭ ގޮތުން މޯދީ ވިދާޅުވީ މިއީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށެވެ. އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށްފަހު މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ. މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ދައުވަތަކަށެވެ.