ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށައިފި

އަވަސް

24 ޖުލައި 2025 | ބުރާސްފަތި | 9:52

ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށައިފި އެވެ.

ސްކޫލުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުން ފެށީ މި އަހަރުގެ އެޕްރީލް 7 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމި މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމް ދީފަ އެވެ. ޓާމް ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ދެވަނަ ޓާމްގައި 99 ދުވަހު ދަރިވަރުން ކިޔަވާނެ އެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން 2026ގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 27ގަ އެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި މި އަހަރު 90،000 އެއްހާ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެ ތެރެއިން 84،000 ދަރިވަރުން ކިޔަވަނީ ސަރުކާރުގެ 217 ސްކޫލުގައެވެ. ސްކޫލުތަކުގައި މިއަހަރު 11،000 އެއްހާ ޓީޗަރުން ކިޔަވައިދެމުންދާއިރު ސަރުކާރު ސްކޫލުތަކުގައި 10،000 ޓީޗަރުން ކިޔަވައިދެ އެވެ. މިއަހަރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން 33 ޕަސަންޓް ކުދިން ކިޔަވަނީ މާލެ ސަރަހައްދުގައި ހުރި 19 ސްކޫލު ގައެވެ.

މައުޟޫޢުތަށް