އިންޑިއާ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
އަވަސް
25 ޖުލައި 2025 | ހުކުރު | 11:00
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒުއެވެ. ރަސްމީ މަރުހަބާ ދެންނެވުން ފަހުން ކުރިއަށްދާނެ އެވެ. މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދާނެ އެވެ. އަދި ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް ދ ގައުމުގެ ގުޅިފައިވާ ބަޔާނެއް ނެރުމަށްވެސް ހަމަޖެހިފައިވެ އެވެ. ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އޭނާ ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.