ރައީސްގެ ހާއްސަ މެޑަލް އާއި ހިދުމަތުގެ މެޑަލް ސިފައިންނާއި ފުލުހުންނަށް
އަވަސް
26 ޖުލައި 2025 | ހޮނިހިރު | 11:22
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުންނަށް ދެއްވައިފި އެވެ.
މެޑަލް ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންގެ ތިން އޮފިސަރަކާއި ފުލުހުންގެ ތިން އޮފިސަރަކަށް ދެއްވާފަ އެވެ.
މީގެއިތުރުން ސިފައިންގެއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް ދެ ބޭފުޅަކަށް އަދި ސިފައިންނާއި ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލް 11 ބޭފުޅަކަށް މިރަސްމިއްޔާތުގައި ދެއްވާފައިވެ އެވެ.