ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި

އަވަސް

26 ޖުލައި 2025 | ހޮނިހިރު | 11:09

ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލް މިރޭ ހުޅުވައިފި އެވެ.

ޓާމިނަލްގެ ކުރިމަތީގައި އެތައް ސަތޭކަ ބަޔަކާ އެކު މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން އާ ޓާމިނަލް މިރޭ ހުޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ވަރުހަދަ ޑްރޯން ޝޯއާ އެކު އެވެ.

މިރަސްމިއްޔާތު ކުރިއަށް ދިޔައިރު ވީއައިއޭ ހިމެނޭ ސަރަހައްދުގެ ވައިގެ ސަރަހައްދުވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ މާލެ ވަށައިގެންނާއި ވީއައިއޭ ވަށައިގެން ހަ މިނެޓަށް ޖުމްލަ 19 ދިމާލަކުންހަވާ އަރުވާފައިވާތީ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. ޑްރޯން ޝޯ ގައި ވަނީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ބައެއް މަންޒަރުތަކާއި އެއާޕޯޓަކުން ފެންނާނެ ބައެއް މަންޒަރުތައް ދައްކާލާފަ އެވެ.

މައުޟޫޢުތަށް