ގައުމީ ޓީމުގެ ކުރީގެ ތަރި އުމޭރު ކުޅުން ހުއްޓާލައިފި

އަވަސް

27 ޖުލައި 2025 | އާދިއްތަ | 8:00

ފުޓްބޯޅަ ދަނޑުން ފަހަތަށް ޖެހިލައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ވިކްޓަރީގެ ފޯވާޑް މުހައްމަދު އުމޭރު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާ ހަވާލުވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ އުމޭރު މި ނިންމުން އިއުލާންކުރީ އިއްޔެ ބޭއްވި އެފްއޭއެމްގެ އިންތިހާބަށްފަހު އެވެ. އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ހޮވުނު އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއަށް އުމޭރުގެ ނަން ހުށަހެޅިއިރު އޭނާ ހުރީ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޮންޓްރެކްޓް ގައެވެ. އުމޭރު ވަނީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވިކްޓަރީ ގެންގޮސްދީ އަދި އެއްވަނަ ޑިވިޝަނަށް އެ ޓީމު އަލުން ޕްރޮމޯޓްކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެއްވަނަ ޑިވިޝަނުގައި އަލުން ވާދަކުރުމަށް ވިކްޓަރީން މިހާރު ޓީމު އެކުލަވާލާފައިވާއިރު އެ ޓީމުގައި އުމޭރު ހިމަނާފައިވެ އެވެ. ފުޓްބޯޅަ ދަނޑުގައި ކަނާތު ބެކްގެ މަގާމުން ކުޅެން ފެށި އުމޭރު ވަނީ އޭނާގެ ކެރިއަރުގައި މިޑްފީލްޑަރު އަދި ފޯވާޑްގެ މަގާމުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އުމައިރު ބުނީ އެފްއޭއެމްގެ މަގާމާ ހަވާލުވުމަކީ ފުޓްބޯޅައަށް އާ ގޮތަކަށް ހިދުމަތް ކުރުމުގެ އާ ފެށުމެއް ކަމަށެވެ.

މައުޟޫޢުތަށް