ފަތުރުވެރިންގެ އަދަދު 9.5 ޕަސެންޓް އިތުރުވެއްޖެ

އަވަސް

30 ޖުލައި 2025 | ބުދަ | 8:05

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 1.27 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދު މިދިޔަ އަހަރުގެ މުއްދަތުގައި ހުރީ 1.16 މިލިއަންގަ އެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 932،504 ފަތުރުވެރިން -- 73.1 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 281،669 ފަތުރުވެރިން -- 22.1 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 34،306 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 26،869 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 894 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 886 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މައުޟޫޢުތަށް