ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިންމާލައިފި

އަވަސް

30 ޖުލައި 2025 | ބުދަ | 9:10

އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 ޕަސެންޓް އެއްކޮށް ވަނީ ބަދަލުކޮށްފަ އެވެ. ފެރިދޫ އިންޖީނުގޭގައި 2،000 އެމްޕަޔާގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި އަޕްގްރޭޑްގެ ސަބަބުން ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެ، މުސްތަގުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާކުުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން، ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަހަށް ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަން މި އާ ނިޒާމުގެ ސަބަބުން އިތުރުވެފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ސްޓެލްކޯ އިން ބުނީ މި ބަދަލުތަކާއެކު ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް