ރަޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް

އަވަސް

30 ޖުލައި 2025 | ބުދަ | 10:21

ރަޝިއާ ކައިރިއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

ރަޝިއާއަށް މިއަދު ވަނީ 8.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. ބިންހެލުމަށްފަހު ޖަޕާނާއި ރަޝިއާގެ އެކި ހިސާބުތަކަށް ވަނީ ސުނާމީ އަރަން ފަށާފަ އެވެ. އެގޮތުން ރަޝިއާގެ ބައެއް ސަރަހައްދުތަކަށް ތިން މީޓަރާއި ހަތަރު މީޓަރުގެ އުސްމިނުގެ ސުނާމީ އެރިއިރު ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް އެއް ފޫޓު އުސްމިނުގެ ސުނާމީ އެރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސުނާމީގެ އިންޒާރާއެކު ޖަޕާނުން އެކަނިވެސް 1.9 މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ. މީގެ އިތުރުން އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރާނެ ކަމުގެ އިންޒާރާއެކު އެ ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް