އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އަވަސް

30 ޖުލައި 2025 | ބުދަ | 2:30

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ކުއްލިއަކަށް ނިޔާވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ނިޔާވީ ރ. ފައިނަށް ނިސްބަތްވާ މަރިޔަމް ޝިޔާމާ އެވެ. އޭނާގެ ސީދާ އުމުރު އެނގިފައި ނުވި ނަމަވެސް 40 އަހަރަށް ވުރެ ހަނގު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މަރިޔަމް ނިޔާވިއިރު ސީރިއަސް ބޮޑު ބައްޔަކަށް ފަރުވާ ކުރަމުން ނުދާ ކަމަށްވެ އެވެ. އެކަމަކު ފަޔަށް އުދަނގޫތަކެއް ވާތީ އުޅުނު ކަމަށް އެނގިފައިވެ އެވެ. މަރިޔަމް އުމުރާއަށް ދިޔައީ މިމަހުގެ 27 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ

މައުޟޫޢުތަށް