ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަވަސް
30 ޖުލައި 2025 | ބުދަ | 5:00
ހދ. ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑީރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 100.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.4 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާޢިމުކުރުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެ އެވެ. ކުޅުދުއްފުށި ސިޓީގައި ނަހަދާ ހުރި ހުރިހާ މަގެއްގެ ޑިޒައިން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މަޝްރޫއު ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.