އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު އިސްތިއުފާ ދެއްވައިފި

އަވަސް

31 ޖުލައި 2025 | ބުރާސްފަތި | 11:49

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ފަޔާޒު މަންސޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން ފަޔާޒު އިސްތިއުފާ ދެއްވީ މިއަދު އެވެ. ފަޔާޒު މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ. އާކިޓެކްޓެއް ކަމަށްވާ ފަޔާޒު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ފަޔާޒު އަކީ ހުޅުމާލެ އާބާދުކުރަން އެ ތަން ހިއްކަން ފެށި ދުވަސްވަރުން ފެށިގެން އެޗްޑީސީގައި ގިނަ ދުވަސްތަކަކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކުއަންޓިޓި ސާވޭއިން ޑިގްރީ ހައްދަވާފައިވާ ފަޔާޒު އަކީ ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީގައި ބިލްޑިން ސައިންސުގެ ދާއިރާ އިން މާސްޓާސްވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މައުޟޫޢުތަށް