ސެމްސަންގް ގެލަކްސީ ޒީ ފޯލްޑް 7: ހުޅުތައް ފިންޏަށް ވަރަށް ބަލި

އަވަސް

1 އޯގަސްޓު 2025 | ހުކުރު | 6:14

ސެމްސަންގް ގެލަކްސީ ޒީ ފޯލްޑް 7 ގެ ދެ ސްކްރީން ހުޅުވައި ލައްޕައިދޭ ހުޅު، ފިންޏަށް ވަރަށް ބަލި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ފިނި ގަދަ މާހައުލެއްގައި ގެލަކްސީ ޒީ ފޯލްޑް 7 ބޭނުންކުރާ ނަމަ އުމުރު ކުރުވުން އެކަށީގެންވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ގެލަކްސީ ޒީ ފޯލްޑް 7 އާންމު މާކެޓަށް ނެރުނީ ފާއިތުވި ޖުލައި 25 ގައެވެ. މިއީ ސެމްސްގް ފަތްޖެހި ފޯނު އާއިލާގައި ވަރަށް ކާމިޔާބު ފޯނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސެމްސަންގުން މީގެ ކުރިން ނެރުނު ފަތްޖެހި ފޯނުތަކަށް ވުރެ 50 ޕަސެންޓް އިތުރަށް މި ފޯނު ވިކޭނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެމެރިކާއަށް މި ފޯނު އިއުކާންކުރުމާ އެކު އަދި ޕްރީއޯޑަރަށް ހުޅުވާލުމާ އެކު އޮންލައިން މާކެޓްތައް ތޮއްޖެހި ހިނގައިނުގަނެ އެތައް އިރަކު ހުރި ކަމަށް ވެސް ޓެކްނޮލިޖީ ރިވިއުތައް ބުނެ އެވެ.

މައުޟޫޢުތަށް