އާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

އަވަސް

2 އޯގަސްޓު 2025 | ހޮނިހިރު | 3:26

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވި ގޮތުގައި އިންޑިއާގެ ހިލޭ އެހީގައި އާރްޓީއެލްގެ 12 ފެރީ ބަނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޒޯން 2 ގެ ފެރީ ޓާމިނަލްގެ މަސައްކަތްވެސް މި އެހީގައި ކުރުމަށް ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވި އެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ޔާސިރު ވިދާޅުވީ މިހާރުވެސް ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ފެރީތަކަކީ ބެކަޕް ފެރީތަކެއް ކަމަށެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު 11 އަތޮޅުގައި ވަނީ ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ އެވެ. އާރްޓީއެލް ފެރީ ހިދުމަތް މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

މައުޟޫޢުތަށް