އާރްޓީއެލް ހިދުމަތުގައި ބޭނުންކުރަން ފެރީ ބަނުމަށް އިންޑިއާ އިން 100 މިލިއަން ރުފިޔާގެ ހިލޭ
އަވަސް
2 އޯގަސްޓު 2025 | ހޮނިހިރު | 6:13
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތުގައި ބޭނުންކުރާ ފެރީ ބަނުމަށް އިންޑިއާ އިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އިންޑިއާ އިން ދިން ހިލޭ އެހީގެ ދަށުން 12 ފެރީ ބަންނާނެ ކަމަށާއި އަދި އެއް ޒޯން ފެރީ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. ޔާސިރު ވިދާޅުވި ގޮތުގައި މިވަގުތުވެސް ބެކަޕް ފެރީތަކެއްގެ ގޮތުގައި ބޭނުންކުރުމަށް ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް އެންމެ ފަހުން ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައެވެ. އާރްޓީއެލްގެ ހިދުމަތް ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ޒޯން ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ އަދި ލ. އަތޮޅު ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.