އިންޑިއާ އޮތީ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލާ ގޮތަކަށް ނޫން: ރިޕޯޓް

އަވަސް

3 އޯގަސްޓު 2025 | އާދިއްތަ | 10:35

ރަޝިއާއިން ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލައިފި ކަމަށް -- އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ވިދާޅުވެ ނޫސްތަކަށް މައުލޫމާތުދެއްވި ނަމަވެސް -- އެކަން އެ ގޮތަށް ނުހިނގާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ ވަރަށް އިސް ދެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނި ގޮތުން، ރަޝިއާއިން ތެޔޮ ގަތުން އިންޑިއާއިން ހުއްޓައެއް ނުލަ އެވެ. އަދި އޮތީ ހުއްޓާލާ ގޮތަށް ނޫން ކަމަށް ވެސް އޮފިޝަލުން ވިދާޅުވި ކަމަށް އެ ނޫހުގައި ނުވެފައިވެ އެވެ.

ރަޝިއާ ސަރުކާރަށް ކޮޅު އެއްލާފައި އޮންނަ ތާސް ނޫހުން ވެސް ވަނީ އިންޑިއާއިން ތެޔޮ ގަތުން ހުއްޓައިނުލާ ކަމަށް ބުނެފަ އެވެ. އަދި މި ފަދަ އެއްވެސް މޭރުމަކުން ދެ ގައުމުގެ ދެމެދުގައި ބަހުސެއް އަދި މަޝްވަރާއެއް ނުކުރެވޭ ކަމަށް ވެސް ތާސް ނޫހުން ބުނެ އެވެ. ރަޝިއާ އަތުން އިންޑިއާ ތެޔޮ ގަންނަނީ ހެޔޮ އަގުގަ އެވެ. އިންޑިއާ ސަރުކާރުގެ އިތުރުން އެ ގައުމުގައި ތެޔޮ ސާފުކުރާ އަމިއްލަ ކުންފުނިތަކުން ވެސް ރަޝިއާއިން ތެޔޮ ގަނެ އެވެ.

މައުޟޫޢުތަށް