ގޫގުލް ޕިކްސެލް ވޮޗް 4: އޮގަސްޓް 20 ގައި
އަވަސް
3 އޯގަސްޓު 2025 | އާދިއްތަ | 3:02
ގޫގުލް ޕިކްސެލް ވޮޗް 4 އަކީ އެންޑްރޮއިޑް ފޯނަކާ އެކު ބޭނުންކުރަން މިހާތަނަށް ލިބޭނެ އެންމެ ފުރިހަމަ ސްމާޓް ގަޑިއަށް ވާނެ ކަމަށް ބުނެވެ އެވެ. ސްމާޓް ގަޑިއެއްގައި ހުންނަން އެދޭ ހުރިހާ ފީޗާއެއް މި ގަޑީގައި ހުންނާނެ ކަމަށް ވެސް ރިވިއު ސައިޓްތަކުން ބުނެ އެވެ
ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އަހަރު ނިމުމުގެ ކުރިން އެ ކުންފުނިތަކުގެ އުފެއްދުންތައް އާންމު މާކެޓަށް ނެރެން ހިފާފައި ތިބިއިރު، ސެމްސަން ގެލަކްސީ ވޮޗް 8 އާއި އެޕަލް ވޮޗް އާއިލާ ވެސް އަދި އޮތީ އެވެ. އެޕަލްއާ ސެމްސަންގުގެ ގަދަ ހިފުމުގެ ތެރެއަށް ގޫގުލް ވަދެގެން އަންނައިރު، ވާދަވެރިކަމުގައި މި ފަހަރު ތަފާތު ސިފަތަކެއް ޖެހޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ގޫގުލް ޕިކްސެލް ވޮޗް 4 ގައި ހުންނާނެ ސިފަތަކާ ބެހޭ ގޮތުން ކުރެވޭ ބަހުސުގައި ގޫގުލުން ބައިވެރިއެއް ނުވެ އެވެ. އެއީ ވެސް މި ގަޑި ބާޒާރަށް ނެރުމުގެ ކުރިން ފުރިހަމަކަން ގެއލިދާނެތީ ކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕިކްސެލް ގަޑި މި ފަހަރު އާންމުކުރާނީ މި މަހު 20 ގައެވެ. އަދި އެއާ އެކު ޕްރީއޯޑަރަށް ހުޅުވާލި ނަމަވެސް، އޯޑަރު ދިން މީޙުންނަށް ގަޑި ފޮނުވަން ފެށޭވަރު ވާނީ މި މަހު 28 ގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ގޫގުލް ޕިކްސެލް ސްމާޓް ގަޑި ފުރިހަމަކުރުމަށް ސްކްރީނަށް ބޮޑެތި ބަދަލުތަކެއް ގެނެސްވާ ކަމަށް ބުނެވެ އެވެ. އަދި ޗާޖުކުރުމާއި މަރާމާތުކުރުން ވެސް ފަސޭހަކޮށްފައި ވާނެ ކަމަށް ބުނެވެ އެވެ.