ބްރެޒިލްގައި ބަޣާވާތްކުރަން އެމެރިކާ އެހީތެރިވިކަން ހަނދާން އެބަހުރި: ލޫލާ

އަވަސް

4 އޯގަސްޓު 2025 | ހޯމަ | 11:07

ބްރެޒިލަށް ބަޣާވާތެއް ގެނައުމަށް އެމެރިކާ އެހީތެރިވިކަން ހަނދާން ނައްތައި ނުލައްވާނެ ކަމަށް އެ ގައުމުގެ ރައީސް، ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާުޅުވީ އިގުތިސާދީ ގޮތުން އެމެރިކާއިން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް، އިސްކުރައްވާނީ ގައުމީ މަސްލަހަތު ކަމަށެވެ.

އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތި ކުރުވައި، ވިޔަފާރީގެ މަސްލަހަތު ގެއްލުވާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ. އިގުތިސާދީ ގޮތުން އެއްވެސް އަދަބެއް ބްރެޒިލް ގަބޫލުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާ އެދޭ ބަޔަކު ބްރެޒިކްގެ ޒައާމަތަށް ގެނައުމަކީ ރައްޔިތުން ބަލައިގެންފައި އޮތް ކަމެއް ނޫން ކަމަށާއި، ބްރެޒިލުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުގައި އެމެރިކާގެ ވިސްނުމަކީ ފުށުއަރާ ސިޔާސަތެއް ނަމަ ސަފުން ބޭރުކުރުން ކަމަށްވެސް ލޫލާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލް ޑްރަމްޕްގެ ޚާއްސަ ރިޔާސީ ގަރާރަކުން ކަނޑައަޅާފައި އޮތް ޓެކްސް ލިސްޓްގައި ބްރެޒިލުގެ މުދަލުން 50 ޕަސެންޓް ޓެކްސް ނަގާ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ. އަދި ބްރެޒިލަކީ ބްރިކްސްގެ ގައުމަކަށް ވާތީ އިތުރު 10 ޓެކްސް ނަގާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ. ބްރިކްސް ގައުމުތަކަށް އަދަބު ދިނުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ބިނާވެފައި އޮތީ އެ ގައުމުތަކުން އެމެރިކާ ޑޮލަރުގެ އަގު ވައްޓާލަން މަސައްކަތްކުރުމެވެ. ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުންކުރާނެ ފައިސާއެއް ކަނޑައެޅުމަކީ ވެސް -- ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޮޑު ކުށެވެ.

މައުޟޫޢުތަށް