ކަނޑުތައް ވަރަށް ގަދަ، ޔެލޯ އެލާޓް ނެރެފި

އަވަސް

5 އޯގަސްޓު 2025 | އަންގާރަ | 8:34

މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން މެންދުރުފަހު 1:30 އާ ހަމައަށެވެ. މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދަށްވެސް އެލާޓް ނެރެފައިވަނީ މެންދުރުފަހު 1:30 އާ ހަމައަށެވެ. މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގެ މޫސުން މިއަދު ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓު ހުންނާނެ އެވެ.

މައުޟޫޢުތަށް