ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި
އަވަސް
5 އޯގަސްޓު 2025 | އަންގާރަ | 11:50
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ. ރައީސް މުއިއްޒު މިދިޔަ މަހުގެ 31 ވަަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ނުރަސްމީ ދަތުރުފުޅަކަށް ވާތީ އިތުރު އެއްވެސް މައުލޫމާތެއްވެސް ރައީސް އޮފީހުން ހިއްސާކޮށްފަ އެވެ. ރައީސް މުއިއްޒު ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ.