މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް ބޮޑުކޮށްފި
އަވަސް
6 އޯގަސްޓު 2025 | ބުދަ | 9:39
ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް ބޮޑުކޮށްފި އެވެ.
މަސައްކަތްކުރާ ގައިދީންނަށް މީގެކުރިން ދެމުން ދިޔައީ ދުވާލަކަށް 30 ރުފިޔާ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ 20 އަހަރަށްވުރެ ގިނަ ދުވަސްފަހުން ގެނައި މި ބަދަލާއެކު ގައިދީންކުރާ މަސައްކަތަށް އެންމެ ދަށް މިންވަރުގެ ގޮތުގައި މިހާރު ދުވާލަކު 50 ރުފިޔާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ކަރަންޓް ވައިރުކުރުމާއި އަތްތެރި މަސައްކަތާއި ވެލްޑިންކުރުން ފަދަ ސްކިލްޑް މަސައްކަތްކުރާ ގައިދީންނަށް 50 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދުވާލަކަށް ލިބޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 16 އިން ފެށިގެންނެވެ.