ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ފުލުހުން

އަވަސް

6 އޯގަސްޓު 2025 | ބުދަ | 10:08

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާގައި ޔުމްނުގެ ބަޔާން މިހާތަނަށް ނެގިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ޔުމްނުގެ ބަޔާން ނެގިފައިނުވާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއްވެސް އުފެއްދެވި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ބުނީ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށެވެ. ކޮމިޝަންގެ ރިޕޯޓްގައި މިހެން ބުނި ނަމަވެސް ބައެއް މީހުން ތުހުމަތު ކުރަނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު ވައްޓާލީ ކަމަށެވެ. އެގޮތުން އެކަން ކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަނީ ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ މައްޗަށެވެ.

ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ހަތަރު ކަމެއްވެސް ރިޕޯޓްގައިވެސް ފާހަަގަކޮށްފައިވެ އެވެ. އެއީ:

މައުޟޫޢުތަށް