ކްރޮސްރޯޑްސް މެރީނާގެ އައުޓްލެޓްތައް ހެޔޮ އަގެއްގައި ކުއްޔަށް ދޫކުރަނީ

އަވަސް

6 އޯގަސްޓު 2025 | ބުދަ | 1:35

ކްރޮސްރޯޑްސް މޯލްޑިވްސްގެ މެރީނާގެ އައުޓްލެޓްތައް ވަރަށް ހާއްސަ ހެޔޮ އަގެއްގައި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފެސްޓިވަލް ސީޒަން ސްޕެޝަލްގެ ނަމުގައި ހުޅުވާލި މި ފުރުސަތު ޕޮޕް-އަޕްސްގެ އިތުރުން ސީޒަނަލް ކޮންސެޕްޓް ނުވަތަ އެކްސްކްލޫސިވްތަކަށްވެސް އޮތް ކަމަށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. މި ހާއްސަ އޮފާގައި މެރީނާގެ ޕްރައިމް ލޮކޭޝަންތަކުން ކުރު މުއްދަތަށް ވަރަށް ކުޑަ ކުއްޔެއްގައި އައުޓްލެޓްތައް ކުއްޔަށް ހިފޭނެ އެވެ. ކްރޮސްރޯޑްސްގެ މެރީނާއަކީ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރާ ތަނެކެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ހާއްސަ އިވެންޓްތައްވެސް ކްރޮސްރޯޑްސްގެ މެރީނާގައި ބާއްވަ އެވެ. އެހެންކަމުން މިއީ ވިޔަފާރީގެ ބްރޭންޑް އިޝްތިހާރުކޮށްލުމަށް ލިބޭނެ ރަނުގެ ފުރުސަތެއްކަން ކްރޮސްރޯޑްސް އިން ފާހަގަކުރެ އެވެ. ކްރޮސްރޯޑްސް އިން ބުނި ގޮތުގައި މި އޮފާ ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރުން ޖެނުއަރީ 2026ގެ ނިޔަލަށެވެ. މި ހާއްސަ އޮފާގެ އިތުރު މައުލޫމާތު ކްރޮސްރޯޑްސްގެ ހޮޓްލައިން 6651200، 7307031 ނުވަތަ 7307032 އަށް ގުޅުމުން ލިބޭނެ އެވެ.

މައުޟޫޢުތަށް