ޓްރަމްޕް އަންނަ ހަފުތާގައި ޕޫޓިންއާ ބައްދަލުކުރައްވަނީ

އަވަސް

7 އޯގަސްޓު 2025 | ބުރާސްފަތި | 8:10

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހަފުތާގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެއް މޭޒުދޮށުން ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުން، ޕޫޓިންއާ ބައްދަލުކުރެއްވުމަށް ފަހު، ޔުކްރޭންގެ ރައީސް ހިމެނޭ ގޮތުން ތިން ލީޑަރުން އެއް މޭޒުދޮށުން ބައްދަލުކުރައްވާނެ އެވެ. އެކަމަކު މި ބައްދަލުވުމަށް އަދި ވަކި ތާރީޙެއް ނެތެވެ. ޕޫޓިންއާ ބައަދަލުކުރައްވާނެކަން ޓްރަމްޕް އިއުލާންކުރެއްވީ ޔޫރަޕްގެ ލީޑަރުންނާ އެކު އޮތް ބައްދަލުވުމެއްގަ އެވެ. ޕޫޓިންއާ ބައްދަލުކުރައްވާއިރު، ޓްރަމްޕްގެ އަރިހުގައި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ނައިބު ރައީސް ޖޭޑީ ވާންސް ބައިވެރިވެ ވަޑައިގަންނަވާނެކަން އަދި ކަށަވަރެއް ނުވެ އެވެ

ޓްރަމްޕްާއި ޕޫޓިންގެ ބައްދަލުކުރެއްވުމެއްގައި ޔޫރަޕްގެ ވެރިޔަކު ބައިވެރިވެވަޑައިނުގަންނަވާނެ އެވެ. ޓްރަމްޕްގެ ފަރާތުން ދައުވަތެއް ޔޫރަޕްގެ އެއްވެސް ލީޑަރަކަށް ފޮނުވާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޕޫޓިންގެ ފަރާތުން ވެސް ޔޫރަޕްގެ އެއްވެސް ގައުމަކަށް ނުވަތަ ވަކި ސަޚުސިއްޔަތަކަށް ދައުވަތު ތިންކަން މީޑިއާއަށް ކަށަވަރެއް ނުވެ އެވެ. ނިއުޔޯކް ޓައިމްސް ބުނާ ގޮތުން މި ދެ ލީޑަރުންގެ ބައްދަލުކުރެއްވުމުގައި، އިތުރު އޮފިޝަލަކަށް ދައުވަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ.

މައުޟޫޢުތަށް