ހައްޖު ކޯޕަރޭޝަނުންގެ ސިޓީ ހޮޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

އަވަސް

6 އޯގަސްޓު 2025 | ބުދަ | 9:00

ކ. މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި ހޮޓާ އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

މި ހޮޓާ އަޅަނީ "މާފުށި އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" އެމްއައިޓީގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް އިއުލާނުގައިވެ އެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި މަޝްރޫއުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް