އުޅަނދު ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ

އަވަސް

7 އޯގަސްޓު 2025 | ބުރާސްފަތި | 11:24

ކަނޑުމަތީގައި އުޅަނދެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ އެވެ.

ހދ. ކުމުންދޫ ކައިރީގައި ހިނގި މި ހާދިސާގައި ހަތަރު މީހަކު ކަނޑުވި އެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން 66 އަހަރުގެ ދިވެހި ފިރިހެނަކު ހާލު ދެރަވެގެން ކުޅުފުއްދުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް 10:30 ހާއިރު އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ބަންޑުން ޖަހާލީ ކުޅުދުއްފުށިން ށ. ފުނަދޫއަށް ޖަމްބޯ ބޭގްތަކެއް އަރުވައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް