ދަރިވަރުންގެ ޑޮލަރު ލިމިޓް ކުޑަކުރާ ކަމުގެ ވާހަކަތައް ދޮގުކޮށްފި

އަވަސް

9 އޯގަސްޓު 2025 | ހޮނިހިރު | 7:52

ދަރިވަރުންގެ ޑޮލަރު ލިމިޓް ކުޑަކުރާ ކަމުގެ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.

ސޯޝަލްމީޑިއާގައި މި ދުވަސްކޮޅު ދައުރުވަމުންދާ މެސެޖުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ބީއެމްއެލްއިން ބުނީ ދަރިވަރުންނަށް އޮތް ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކުރާ ދަރިވަރުންނަށް ލިބޭ ޑޮލަރުގެ ލިމިޓް، ކުރިން ހުރި 750 ޑޮލަރުން 1،200 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު މި ދުވަސްވަރު އެ ބޭންކުން މި އަދަދު އަނެއްކާވެސް ކުޑަކޮށްފައިވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ދައުރުކުރަމުންނެވެ. ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ދަރިވަރުންގެ ޑޮލަރު ލިމިޓަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އީމެއިލްތަކަކީ ދަރިވަރުންނަށް ފޮނުވާފައިވާ އީމެއިލްތަކެއް ނޫން ކަމަށެވެ. "މިހާރު ދައުރުކުރަމުންދާ އީމެއިލްތަކަކީ ބޭރުގައި ދިރިއުޅޭ ރާއްޖޭގެ އާންމުންނަށް ފޮނުވާފައިވާ އީމެއިލްތަކެއް، ދަރިވަރުންނާ އެއްވެސް ގުޅުމެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް