ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

އަވަސް

10 އޯގަސްޓު 2025 | އާދިއްތަ | 9:38

ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި އެވެ.

ސްކޫލުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމްގެ ކިޔެވުން މިއަދުން ފެށިގެން ޑިސެމްބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެހެންކަމުން ދެވަނަ ޓާމްގައި 99 ދުވަހު ދަރިވަރުން ކިޔަވާނެ އެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން 2026ގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 27ގަ އެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި މި އަހަރު 90،000 އެއްހާ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެ ތެރެއިން 84،000 ދަރިވަރުން ކިޔަވަނީ ސަރުކާރުގެ 217 ސްކޫލުގައެވެ. ސްކޫލުތަކުގައި މިއަހަރު 11،000 އެއްހާ ޓީޗަރުން ކިޔަވައިދެމުންދާއިރު ސަރުކާރު ސްކޫލުތަކުގައި 10،000 ޓީޗަރުން ކިޔަވައިދެ އެވެ. މިއަހަރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން 33 ޕަސަންޓް ކުދިން ކިޔަވަނީ މާލެ ސަރަހައްދުގައި ހުރި 19 ސްކޫލު ގައެވެ.

މައުޟޫޢުތަށް