އަބްދުއްރަހްމާންގެ މަރު: ބައެއް މީހުންގެ އަންނައުނާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް

އަވަސް

10 އޯގަސްޓު 2025 | އާދިއްތަ | 10:48

އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ބައެއް މީހުންގެ ފޯނާއި އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަބްދުއް ރަހްމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބައެއް މީހުންގެ ގެ ވަނީ ބަލައިފާސްކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އަންނައުނާއި ބައެއް މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ނުކުރާ ކަމަށްވެ އެވެ.

މައުޟޫޢުތަށް