ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އަވަސް
10 އޯގަސްޓު 2025 | އާދިއްތަ | 9:00
ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު 25 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީއަށް ދަރިވަރުން ދާނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހަށެވެ. ސްކޫލުތަކުގައި މިއަހަރު 90،000 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މީގެތެރޭގައި ސަރުކާރުގެ 217 ސްކޫލެއްގައި ކިޔަވަމުންދާ 84،000 ދަރިވަރުން ހިމެނެ އެވެ.