ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އަވަސް

11 އޯގަސްޓު 2025 | ހޯމަ | 8:48

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށި ނަމަވެސް އެ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ޖުލައި 28 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނީ ބ. އަތޮޅުގައި ހިދުމަތް ދޭނީ ދެ ރޫޓަކުން ކަމަށާއި ހިދުމަތުގައި ދެ ލޯންޗު ބޭނުންކުރާނެ ކަމަށެވެ. ދަތުރުތަކުގެ ރޫޓްތައް ކަނޑައެޅީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ.

މައުޟޫޢުތަށް