ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

އަވަސް

11 އޯގަސްޓު 2025 | ހޯމަ | 9:02

ބ. ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަޑް) އަހްމަދު ސައުދީ އެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހަތަރު ހެކްޓަރުގެ ބިން ހިއްކާ 204 މީޓަރުގެ ބޮޑުހިލައިގެ ނެރު ބޭރުތޮއްޓެއްލާނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގައި 971 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 62 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންއެއް ޖެހުމާއި 278 މީޓަރުގެ އެއްގަމު ތޮއްޓެއްލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއުގެ އަގަކީ 119.36 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ހަވާލުކުރީ 450 ނިންމާ ގޮތަށެވެ.

މައުޟޫޢުތަށް