ބ. އަތޮޅުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
އަވަސް
12 އޯގަސްޓު 2025 | އަންގާރަ | 11:26
ބ. އަތޮޅު ހޮސްޕިޓަލްގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ބ. އަތޮޅުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މެމޮގްރަފީ އަކީ ބްރެސްޓް ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭންއެކެވެ. ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުންވެސް ލިބޭނެ ކަމަށެވެ. އަދި އިތުރު ހޮސްޕިޓަލްތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފެށުމަށް ރާވާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. ށ. ގއ. އަދި ފުވައްމުލައް ސިޓީ ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.