ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އަވަސް

15 އޯގަސްޓު 2025 | ހުކުރު | 11:35

ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވީ އުމުރުން 64 އަހަރުގެ އަންހެނެކެވެ. މި އެކްސިޑެންޓް ހިނގީ ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:18 ހާއިރު އެވެ. މަރުވި މީހަކީ މަގު ހުރަސްކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. މިއެކްސިޑެންޓާ ގުޅިގެން މަގު ހުރަސްކުރި ދެ މީހުންވެސް އަދި ސައިކަލްގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެގެން ފަރުވާ ދިނުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. މިއެކްސިޑެންޓާ ގުޅޭ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް