އުންމީދުތައް ގެނބުނަ ނުދީ: ކަނޑު އުޅަނދަށް ރައްކާތެރިކަން ހޯދާނެ ގޮތް

އަވަސް

17 އޯގަސްޓު 2025 | އާދިއްތަ | 10:57

ކަނޑު އުޅަނދެއް ހޯދުމަކީ ބޮޑު އިންވެސްޓްމަންޓެކެވެ. މަސްވެރިކަމަށް، މުދާ އުފުލުމަށް، މީހުން އުފުލުމަށް، ނުވަތަ އުފަލާއި ހިތްހަމަޖެހުމަށް ވިޔަސް، އޮޑިއެއް ގެންގުޅެވިދާނެއެވެ. އެކަމަކު ކަނޑުމައްޗަށް ނުކުމެ އުޅޭ އިރު، ދެން ޖަހާ ރާޅާއެކު ކުރިމަތިވާނީ ކޮން ކަމެއް ކަން އެންމެ ތަޖުރިބާކާރު އޮޑިވެރިންނާއި ކައްޕިންނަކަށް ވެސް ނޭނގޭނެ އެވެ. ވިއްސާރަ، އިންޖީނު ފޭލުވުން، އަދި ކަނޑުމަތީގެ އެކްސިޑެންޓުތަކަކީ އުޅަނދާއި، ތިމާގެ އާމްދަނީއަށް ވެސް ހުއްޓުން ގެނުވަފާނެ ކަންކަމެވެ.

އެލައިޑްގެ މެރީން ހަލް އިންޝުއަރަންސްގެ ބޭނުން ޖެހެނީ މިހިސާބުންނެވެ. މިއީ ރައްކާތެރިކަމެކެވެ. އުޅަނދަށާއި އޭގައި ހުރި އިންޖީނާއި އެހެނިހެން އާލާތްތަކަށް ދިމާވެދާނެ ހާދިސާއަކުން، ލިބޭ ގެއްލުމަކުން ކުރިމަތިވާ މާލީ ބުރަކަމުން އަރައިގަންނަން އެހީތެރިވެދޭނެއެވެ. މިސާލަކަށް، އޮޑިއަށް ދިމާވީ ޕާޝަލް ޑެމޭޖެއް ކަމުގައި ވިޔަސް، ޓޯޓަލް ލޮސްއެއް ކަމުގައި ވިޔަސް، ނުވަތަ ބޭނުންވަނީ ކުއްލި ހާލަތުގައި ސެލްވޭޖް އޮޕަރޭޝަނެއް ކަމުގައި ވިޔަސް، މި އިންޝުއަރަންސްގެ ބޭނުންތެރިކަން ފެންނާނެއެވެ. އެލައިޑްގެ މެރީން ހަލް އިންޝުއަރަންސްގައި ދެ ބާވަތެއްގެ ކަވަރޭޖު އޮވެއެވެ. އެއީ: 1. އިންސްޓިޓިއުޓް ޓައިމް ކްލޯޒެސް ހަލްސް (ޓޯޓަލް ލޮސް އޮންލީ): މި ޕްލޭނުން ކަވަރޭޖު ލިބޭނީ އުޅަނދު މުޅިން ހަލާކުވެއްޖެ ނަމަ، ނުވަތަ އުޅަނދު ހަލާކުވެ އޭގެ މަރަމާތަށް ދާ ޚަރަދަކީ އިންޝުއަރ ކުރެވިފައިވާ އަގަށް ވުރެ މަތީ އަގަކަށް ވާ ނަމަ. 2. އިންސްޓިޓިއުޓް ޓައިމް ކްލޯޒެސް ހަލްސް (ފުލް ކަވަރ): އުޅަނދު މުޅިން ހަލާކުވުމުން ލިބޭ ބަދަލުގެ އިތުރުން، އުޅަނދަށް އެހެނިހެން ގެއްލުންތަކަށް ވެސް ބަދަލު ލިބޭނެ. އެގޮތުން އެކްސިޑެންޓެއް ކުރިމަތިވެގެން ކުރަންޖެހޭ މަރާމާތު، އިކުއިޕްމަންޓު ހަލާކުވެގެން ކުރަންޖެހޭ މަރާމާތު ފަދަ. މިއީ ދެ ކަވަރޭޖުން ކުރެ އެންމެ ފުޅާ ކަވަރޭޖު. މި ދެ ކަވަރޭޖުގައި ވެސް ސެލްވޭޖުކުރުން (އުޅަނދު ސަލާމަތްކުރުން)، ސެލްވޭޖުކުރުމ ދާ ޚަރަދު (ތިންވަނަ ފަރާތެއްގެ އެހީގައި އުޅަނދު ސަލާމަތްކުރާނަމަ)، އަދި ސޫ އެންޑް ލޭބަރ (އުޅަނދަށް ނުރައްކަލެއް ދިމާވުމުން ސަލާމަތްކުރުމަށް ނުވަތަ ގެއްލުން ކުޑަކުރުން)އަށް ހޭދަވާ ޚަރަދުތައް ކަވަރުކޮށްދޭނެ އެވެ. އެލައިޑްގެ މެރީން ހަލް އިންޝުއަރަންސްގެ ދަށުން ދެ ބާވަތުގެ ކަވަރޭޖު ވެސް ލިބޭނީ ކަނޑުމަތީގެ ހާދިސާތައް، އުޅަނދުގެ ފަޅުވެރިންގެ ތެރޭގައި ނުހިމެނޭ މީހަކު އުޅަނދަށް ގެއްލުމެއް ދީގެން ކުރާ ވައްކަން، އަލިފާނުގެ ހާދިސާ، އެއްޗެއް ގޮވުން، ކަނޑުފޭރުން ނުވަތަ މަޖުބޫރީ ހާލަތެއްގައި މުދާ ނުވަތަ ތަކެތި ކަނޑަށް އުކާލަން ޖެހުން ފަދަ ހާލަތްތައް މެދުވެރިވެގެންނެވެ. މެރީން ހަލް އިންޝުއަރަންސާ ބެހޭ ފުރިހަމަ މަޢުލޫމާތު އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ލިބޭނެއެވެ. މީގެ އިތުރުން، މެރީން ހަލް އިންޝުއަރަންސަކީ އެލައިޑް ތަކާފުލްގެ ދަށުން، އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް، ތަކާފުލްއެއްގެ ގޮތުން ވެސް ލިބެން ހުންނަ ޕްރޮޑަކްޓެކެވެ. އޮޑިއެއް ކަނޑަށް ބޭލުމުގެ ކުރިން، އުޅަނދަށް ނަގާނެ އިންޝުއަރަންސް ޕްލޭނެއްގެ އަގަކީ ކިހާ ވަރެއް ކަމާ މެދު ފިކުރު ކުރެވޭ ހެއްޔެވެ؟ ހާސްވާކަށް ނުޖެހޭނެއެވެ. ”މައި އެލައިޑް“ ޕޯޓަލްގައި، މެރީން ހަލް އިންޝުއަރަންސް އަދި މެރީން ހަލް ތަކާފުލްއަށް ”ސްމާޓް ކުއޯޓް“ ފީޗާ ހިމަނާފައި ވާނެއެވެ. ބައެއް ކުދިކުދި މަޢުލޫމާތު ހިމަނާލައިގެން، ތިޔަ ފަރާތުގެ އުޅަނދަށް މެރީން ހަލް ޕްލޭނެއްގެ އަގު ބަލައިލެވޭނެ އެވެ. ކަނޑު އުޅަނދުފަހަރަކީ ހަމައެކަނި ދަތުރުކުރަން އަރާ ވަސީލަތެއް ނޫނެވެ. އެއީ ފަހަރުގައި ތިޔަބޭފުޅާގެ ވިޔަފާރިއަށް ވެދާނެ އެވެ. އާމްދަނީގެ ރައްކާތެރިކަން ގުޅިފައި ވަނީ އޮޑިއަކާ ކަމަށް ވެދާނެއެވެ. މުޅި އާއިލާގެ މުސްތަގުބަލު ބަރޯސާވަނީ އޮޑިފަހަރުން ވަންނަ އާމްދަނީއަށް ކަމަށް ވެސް ވެދާނެއެވެ. އެލައިޑުގެ މެރީން ހަލް ޕްލޭނަކާއެކު އޮޑިވެރީންނަށް ހޯދޭނީ ހަމަޖެހުމެވެ.

މައުޟޫޢުތަށް