އެމްއެމްއާ ދިމާލުން މަގާއި ފަޅު ބަންދުކުރަނީ

އަވަސް

17 އޯގަސްޓު 2025 | އާދިއްތަ | 11:13

ޖުމްހޫރީ މައިދާނުގެ ކުރިމަތިން އޮންނަ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅުވެސް ބަންދުކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. "އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިެުލާން ކުރީމެވެ،" އިއުލާންގައިވެ އެވެ. މަގުގެ ބައެއް ބަންދުކުރާތީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މައާފަށް އެދިފަ އެވެ. މަގާއި ފަޅުން ބަންދުކުރާ ސަރަހައްދު ކައުންސިލުން އާންމުކުރި ޗާޓެއްގައި ފާހަގަކޮށްދީފައިވާއިރު ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުކުރުމަށް ހަމަޖެހިފައިވެ އެވެ.

މައުޟޫޢުތަށް