71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރަން އެޗްޑީސީއާ ހަވާލުކޮށްފި
އަވަސް
19 އޯގަސްޓު 2025 | އަންގާރަ | 10:16
ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ. ސްޕޯޓްސް މިނިސްޓްރީން ބުނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކުރެވުނުއިރު، އިތުރު 38 ރަށެއްގެ ޖިމްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމްތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.