އޯލެވެލްގެ ނަތީޖާ މިއަދު ދޫކުރަނީ
އަވަސް
19 އޯގަސްޓު 2025 | އަންގާރަ | 10:48
އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑީޕީއީ އިން ބުނީ މި އަހަރުގެ މެއި/ޖޫން ގައި ބޭއްވި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރުފަހު 1:00 އިން ފެށިގެން އެ ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ކަމަށެވެ. އެ ގޮތުން ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށ ްކަމަށް ޑީޕީއީ އިން ވަނީ ބުނެފަ އެވެ. މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާންގައި ޖުމްލަ 8،362 ދަރިވަރުން ބައިވެރިވި އެވެ. އޯލެވެލް އިމްތިހާނު ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި ހުރި 260 ސެންޓަރެއްގައި ކުރިއަށްދިޔަ އެވެ. އެއީ މާލެ ސަރަހައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރެކެވެ.