މާޅޮހުގެ މަގުތައް ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކޮށްފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 7:55

އއ. މާޅޮހުގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 53.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 730 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މައުޟޫޢުތަށް