ހޮޓާ އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އަލުން އިއުލާނުކޮށްފި

އަވަސް

20 އޯގަސްޓު 2025 | ބުދަ | 8:12

ކ. މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަލުން އިއުލާނުކޮށްފި އެވެ.

ކޮންޓެކްޓާ ފައިނޭންސް އުސޫލުން ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިމަހުގެ ހަ ވަނަ ދުވަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނަށް ޝަރުތު ހަމަވާ ތިން ކުންފުންޏަކުން ކުރިމަތިލާފައިނުވާތީ އަލުން ވަނީ އިއުލާނުކޮށްފަ އެވެ. ހައްޖު ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނުގައި ވަނީ ޝައުގުވެރިވާ ހުރިހާ ކުންފުނިތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ގޮތުން ފުރަތަމަ އިއުލާނާއެކު ބިޑް ހުށަހެޅި ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ. މީގެ އިތުރުން ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހުގެ މުއްދަތަށް 800،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހެ އެވެ. މި މަޝްރޫއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ހަވީރު 3:00 ގެ ކުރިން އެ ސުވާލެއް ހުށަހަޅަންޖެހެ އެވެ. އަދި ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ހަވީރު 3:00 ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންޖެހެ އެވެ. މި މަޝްރޫއުގެ ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގަ އެވެ.

މައުޟޫޢުތަށް