ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހުޅުވާލައިފި

އަވަސް

20 އޯގަސްޓު 2025 | ބުދަ | 4:18

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޓްރައިބިއުނަލުން މެންބަރެއްގެ މަދުވީ ގާނޫނީ ދާއިރާ އިން އައްޔަންކޮށްފައި ހުންނެވި މެންބަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުގައި ހުންނެވީ އެ ޓްރައިބިއުނަލްގެ ރައީސްގެ ގޮތުގައި ހުންނެވި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިސްމާއީލް ސާޖިދު ވެސް ވަނީ ޓްރައިބިއުނަލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ފައިނޭންސް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. ޣަނީގެ އިސްތިއުފާއާއި ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ސެޕްޓެންބަރު ހަތެއްވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މައުޟޫޢުތަށް